Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކީ ރިޔާސީ ޕްރައިމަރީގެ އަޖުމަ ބެލުމެއް: މޫސަ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކީ ރިޔާސީ ޕްރައިމަރީގެ އަޖުމަ ބެލުމެއް: މޫސަ

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބަކީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ އަޖުމަ ބެލުމެއް ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެެއާޕާސަންގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އަރިސް ވަޒީރު، ފައްޔާޒު އިސްމާއީލެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ރައީސް ޞާލިހުގެ ފެކްޝަނުގެ ބޭފުޅަކަށްވާ އިރު، އިންތިއަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ.

Advertisement
Allied Insurance — Square (box)

ޗެއާގެ އިންތިހާބުގެ ފޯރި ނުހަނު ގަދަވެފައިވާއިރު، ރައީސް ޞާލިހުގެ ފަޅީގައި ހުންނެވި މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް އިލެކްޝަނުގައި އިންތި ނޫނީ ފައްޔާޒު މޮޅުވިޔަސް، މި އިންތިހާބުގެ ނަތީޖާއިން ރިޔާސީ އިންތިޚާބަށް އަަސަރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއްބަޔަކު ދެކެނީ އެމްޑީޕީއަކީ އެ ބައެއްގެ ތަރިކަ މުދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް