Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕެސްޓިސައިޑް ހުރި ސްޕްރިންގް ފިޔާތަކެއް ބޭނުން ކުރުން މަނާކޮށްފި

ޕެސްޓިސައިޑް ހުރި ސްޕްރިންގް ފިޔާތަކެއް ބޭނުން ކުރުން މަނާކޮށްފި

ރާއްޖެ އެތެރެކުރި ފިޔާތަކެއްގައި ޕެސްޓިސައިޑް ހުރުމުން، އެފަދަ ފިޔާ ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ ،އުފެއްދުމެއް ކަމުގައިވާ "ސްޓާސް" ބްރޭންޑުގެ "ސްރިންގ އަނިއަން" ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑ އިން އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.

އެފްޑީއޭއިން އިތުރަށް ބުނީ މިއީ މިސްރުގެ އުފެއްދުމެއް ކަމަށާއި އެ އުފެއްދުން ހޯލްސޭލްކޮށްފައި ވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ގްރީން ޓީމުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެފްޑީއޭއިން އިތުރަށް ބުނީ ތަޣައްޔަރުވެފައިވާ މިބާވަތުގެ ފިޔައިގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން މިހާރު ކުރަމުންދާ ކަމަށެވެ.

"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ 'ސްޓާސް' ބްރޭންޑުގެ ސްޕްރިން އަނިއަން މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ." އެފްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެފްޑީއޭއިން މީގެ ކުރިން ވެސް ވަނީ ތަޣައްޔަރުވެފައިވާ ތަފާތު ބާވަތްތަކުގެ ކާނާތައް އެތެރެވެ އޭގެ މައުލޫމާތު ލިބުމާ އެކު އެ ފަދަ ބާވަތްތައް ވިއްކުން ހުއްޓުވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް