Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ފިޔަވަޅު އެޅިޔަސް އިންޑިއާ އައުޓް ކިޔާނެ: ސައީދު

ފިޔަވަޅު އެޅިޔަސް އިންޑިއާ އައުޓް ކިޔާނެ: ސައީދު

ފިޔަވަޅު އެޅިޔަސް އިންޑިއާ އައުޓް ކިޔާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ އިންޑިއާގެ ޕާލިމެންޓަށް ހުށައަޅައިފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ވިދާޅުވުމާ ގުޅިގެންނެވެ.

ސައީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އިންޑިއާއިން ރާއްޖެއާ މެދު ފިޔަވަޅު އަޅައިފި ނަމަ ދިވެހިން އިތުރަށް ދެ ފިޔަވަޅު ނަގާނެ ކަމަށެވެ. އަދި ރިޒުގަކީ މާތްﷲ ދެއްވަވާ އެއްޗެއް ކަމަށާއި “ދެރައީ ރައީސުލްޖުމްހޫރިއްޔާއާއި ބީޖޭޕީގެ ދުލުން އެވާހަކަތައް ދައްކާތީ”ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ޙަރަކާތުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ އިންޑިޔާގެ ސިޔާސީ ބޭފުޅުން “އިންޑިއާ އައުޓް” ހަރަކާތުގެ މައްސަލަ ޕާލިމެންޓަށް ހުށައަޅައިފާނެ ކަމަށާއި، އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

https://twitter.com/em_saeed/status/1493223832890789888?s=21

އަދި އެ މައްސަލަ ޕާލިމެންޓްގެ ސަމާލު ކަމަށް އައިސްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާފާނެކަމަށް ޣަފޫރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް