Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ލިބޭ އިސްލާހް މަޖިލިހުން ބަލައިގެންފި

ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ލިބޭ އިސްލާހް މަޖިލިހުން ބަލައިގެންފި

ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް ފަނޑިޔާރުންނަށް ލިބޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 42 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރުންގެ ވޯޓާ އެކު އިސްލާހު ފާސްވުމުން، އެ ބިލު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ނިންމަވައުފައެވެ.

Advertisement
Ooredoo — Square (box)

އެ ބިލާ ގުޅޭގޮތުން މެންބަރު ޝަހީމް ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުން ކަމަށެވެ.

އެ ބިލުގައި ބުނެފައި ވަނީ، މެޓާނިޓީ ލީވްގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް އަންހެން ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށާއި ފިރިހެން ފަނޑިޔާރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށެވެ.

އެ މައްސަލައިގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް މެޓާނިޓީ ލީވް ދިނުމާ ގުޅޭގޮތުން އެއްބަސްވެވަޑައިގަތް ނަމަވެސް މެންބަރުން ވަނީ ޝަރުއީ ދާއިރާގެ މައްސަލަތައް ނުބެލި ލަސްވުމާއި މައްސަލަތަކަށް އިންސާފު ނުލިބި ލަސްވާކަށް ވެސް ފާހަގަ ކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް