Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޫސްވެރިޔާ ރިފާއަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކޮށްފި

ނޫސްވެރިޔާ ރިފާއަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކޮށްފި

"އަވަސް" އޮންލައިންގެ ކުރީގެ ނޫސްވެރިޔާ ރިފާ ޚަލީލް، އެ ވަޒީފާއިން ވަކި ކުރީ ޤަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އަނބުރާ ވަޒީފާ ދޭން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން އަމުރުކޮށްފިއެވެ.

ރިފާ އަވަސްގެ ވަޒީފާއިން ވަކި ކުރީ 2020ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޤަވާއިދާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމައި އަމުރު ކުރީ އިއްޔެއެވެ.

ޓްރައިބިއުނަލްގެ އަމުރުގައި ބުނެފައި ވަނީ ރިފާ ޚަލީލް ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)އާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައި ނުވާތީ ، ވަޒީފާއާ ބެހޭ ޤާނޫނޫގެ 29ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރުގެ ދަށުން، ރިފާ ޚަލީލް އަދާކުރަމުން ދިޔަ މަޤާމަށް އޭނާ އަނބުރާ ރުޖޫއަކުރުމަށެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ރިފާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި އޭނާ ވަކިކުރި ތާރީޚުން ފެށިގެން އިއްޔެއާ ހަމައަށް، އޭނާ އަދާކުރި ވަޒީފާއިން ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ރިފާ ޚަލީލަށް އެކީ އެއްފަހަރާ ދިނުމަށް ފަހު، އެކަން ހަމަޖެހޭތާ ތިން ދުވަސް ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް ވެސް އެ ފަރާތުން ވަނީ އަންގައިފައެވެ.

ވަން އޮންލައިންގައި މިހާރު ސީނިއާ ޖާނަލިސްޓެއްގެ މަގާމުގައި ހުރި ރިފާ ބުނީ، އޭނާ މިހާރު ވަޒީފާއަދާ ކުރާ ތަން ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ރަނގަޅު ކަމަށެވެ.

"ހަގީގަތުގައި މި މައްސަލަ ލީ، މާވަރަކަށް ފައިސާ ބޭނުން ވެގެނެއް ނޫން. އަހަރުމެންނާ ދޭތެރޭ ކަންތައް ކުރާ ގޮތުން އިންސާފު ހޯދަން ވެގެން. ޕެންޝަން ފައިސާ ވެސް އެއްގޮތަކަށް ވެސް ނުދޭ. އެ ވެސް ނިގުޅައިގަނެވޭ ހައްޤެއްދޯ" ރިފާ ބުންޏެވެ.

ރިފާ ބުނީ އޭނާ އަވަސްގައި މަސައްކަތް ކުރިއިރުގެ މުސާރައަކީ މަހަކު 8000 ރުފިޔާ ކަމަށެވެ.

އިންސާފު ހޯދައި ދިނުމުގައި ރިފާއަށް އެހީތެރިވެދިން ޝުނާނާ ލޯ ފާމްއަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް އޭނާގެ ދެ ވަކީލުން ކަމަށްވާ ސާދިހް ނަސީރާއި މައިސަމް މޫސާއަށް ވެސް ރިފާ ޝުކުރު އަދާކުރިއެވެ. ރިފާ ބުނީ އެމީހުން އޭނާއަށް ވަކާލާތު ކޮށްދިނީ، ހިލޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް