ޓެސްްޓު ކުރި މީހުންގެ އަދަދު ދަށްވެ، މިއަދު ފައްސިވީ 607 މީހުން

ރާއްޖެއިން މިއަދު އިތުރު 607 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 52 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 163،581 މީހުންނެވެ.
މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 147،910 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 28 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 290 މީހުން ނިޔާވެފައި ވެއެވެ.
މާލެއާއި، އަތޮޅުތެރެ އަދި ރިސޯޓުތަކުން ފައްސިވެފައިވާ އަދަދުތައް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެޗްޕީއޭއިން މިރޭ ހާމަކޮށްފައެއް ނުވެއެވެ.