Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އިންސާފަށް އެދިގެން ތިބި އެތައް ބަޔަކަށް އިންތިއަކީ އުއްމީދެއް: ވައްޑެ

އިންސާފަށް އެދިގެން ތިބި އެތައް ބަޔަކަށް އިންތިއަކީ އުއްމީދެއް: ވައްޑެ

އިންސާފަށް އެދިގެން ތިބި އެތައް ބަޔަކަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އަކީ އުއްމީދެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިތުބާރު ކުރާނީ ކާކަށްކަން ދެނެގަންނަން ދަތިވެފައި ތިބި އެންމެން ވެސް އިންތިއަށް އިތުބާރު ކުރާ ކަމަށެވެ.

https://twitter.com/waddey_/status/1495034928425484293?s=21

Advertisement
Ooredoo — Truecaller (box)

ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވުމަށް އިންތި ވަނީ ފޯމް ވެސް ހުށަހަޅުއްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ ވޯޓުލުން އޭޕްރީލް 16ގައި ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ.

އިންތިގެ އިތުރުން ދެން މި އިންތިޚާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައި ވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް