Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްޑީޕީގެ އިންތިހާބުތައް ވަކިބަޔަކު ބޭނުންވާގޮތަށް ފުރޮޅާލުމުގެ މަންޒަރު އެބަ ފެނޭ: ރީކޯ މޫސަ

އެމްޑީޕީގެ އިންތިހާބުތައް ވަކިބަޔަކު ބޭނުންވާގޮތަށް ފުރޮޅާލުމުގެ މަންޒަރު އެބަ ފެނޭ: ރީކޯ މޫސަ

އެމްޑީޕީގެ މަޖިލީހުގެ އިންތިޚާބަށް ފަހު ފިޔަވަޅުއަޅާ ކޮމެޓީއާއި، އިންތިޚާބާ ބެހޭ ކޮމެޓީއާއި، އިސްތިޢުނާފް ކޮމެޓީ އަލުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، އެހެން ނޫނީ ޕާޓީގެ އެތެރޭގެ ހުރިހާ އިންތިހާބުތައް ވަކިބަޔަކު ބޭނުންވާ ގޮތަށް ފުރޮޅައިލާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވީ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ ވޯޓުލުން އޭޕްރީލް 16ގައި ބޭއްވުމަށް އެ ޕާޓީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މޫސަ ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީއާއި، އިސްތިއުނާފް ކޮމެޓީ މެމްބަރުން އެމަޤާމުގާ ދެމި ތިބޭތާ ކިހައި ދުވަހެއްވެއްޖެތޯ ސުވާލު އުފައްދަވައިފައެވެ. އަދި އިންސާފެއް ހަމައެއް ނެތި އެމްޑީޕީ ހިސޯރުކޮށްގެން ތިބިބައެއްގެ ބޭނުމަށް ޓަކައި އެމްޑީޕީގެ އެތައް ބަޔަކު ޕާޓީން ބޭރުކުރި މި ދެ ކޮމެޓީ އޮވެގެން އިންތިޚާބު ކުރިޔަށް ނުގެންދިޔުމަށް ވެސް މޫސަ ވަނީ ގޮވައިލައްވައިފައެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މޫސަ ވިދާޅުވީ އެއްމެ ފަހުން 2021ގައި ވެސް  ނަމަކަށް ކޮމެޓީތައް އިންތިޚާބުކޮށްފައިވާ ކަމަށެވެ. ނަމަވެސް މާޒީގައި އެމްޑީޕީގެ ތެރޭގައި ހިންގައިފައިވާ އެއްވެސް ކަމަކަށް މެމްބަރުން އެދިގެން ވެސް އިސްތިއުނާފްކޮށް ފިޔަވަޅު ނާޅާކަން އެންމެންނަށް އެނގޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް