ބޭސް ފަރުވާއަށް ، ޕެސްޓް ބަންދުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި، ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސް ފަރުވާއަށް ބަންދުން ދޫކޮށްލައިފިއެވެ.
ޝަރުތުތަކެއް ކުރުމަށް ފަހު، މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމުގައި ޕެސްޓް ވަނީ ބަންދުން ދޫކޮށްލައިފައެވެ. އޭނާ ބަންދުން ދޫކޮށްލައިފައި ވަނީ ދެ މަހަށެވެ.
ދައުލަތުން ޕެސްޓުގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފައެވެ. އެއީ:
- ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ
- ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ
- މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ
- ކެނަބިސް ބޭނުން ކުރުމުގެ ދައުވާ
- ކުށްކޮށްގެން ހޯދައިފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ދައުވާ






ކޮމެންޓް