Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަގުތަކުގައި ނަން ޖެހުމަށް ކައުންސިލުން ނިންމައިފި

މަގުތަކުގައި ނަން ޖެހުމަށް ކައުންސިލުން ނިންމައިފި

މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އެނގޭނެހެން މަގުތަކުގައި ނަން ޖެހުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ސެޕްގެ 3.14ގައިވާ " މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އެނގޭނެހެން މަގުތަކުގައި ނަން ޖެހުން" މި މަސައްކަތަށް ޢަމަލީ ސިފައެއް ގެނައުމަށް ނިންމައިފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ 04ވަނަ ދައުރުގެ 41 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ބައެއް ކައުންސިލަރުން ހުށަހަޅުއްވައިފައި ވަނީ ދުނިޔޭގެ ބައެއް ޤައުމުތަކެކޭ އެއްފަދައިން މަގުތަކުގައި ނަން ޖަހާއިރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ވާނެހެން މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

Advertisement
Ooredoo — Square (box)

އެގޮތުން އެފަދަ ފަރާތްތަކަށް މާލޭގެ މަގުތަކާ ބެހޭ މަޢުލޫމާތު ދެނެގަނެވޭނެހެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން މީގެ ކުރިން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލްކުރާ އެންޖީއޯތަކާއި މަޝްވަރާ ކުރެވިފައިވާ ފަދައިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރިހާ ކައުންސިލަރުން އިއްތިފާޤުވެފައިވެއެވެ.

މާލެ ސިޓީގެ މަގުމަތީގެ ރީތިކަން ދެމެހެއްޓުމަށް ޓަކައި ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން މަގުތަކަށް ކިޔާ ނަންތައް ޖަހާނެ ގޮތް ފަރުމާ ކުރުމަށް ރާވައިފައި ވަނީ މިކަމާ ގުޅޭ ފަންނީ ފަރާތްތައް މެދުވެރިކޮށް އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ މަތިންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް