Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކްރޮސްރޯޑްސްގައި ހަދާ ޕިކްނިކް އައިލެންޑްގެ މަސައްކަތް އަލުން ފަށަނީ

ކްރޮސްރޯޑްސްގައި ހަދާ ޕިކްނިކް އައިލެންޑްގެ މަސައްކަތް އަލުން ފަށަނީ

މާލެ އަތޮޅު އެނބޫދޫފަޅުގައި ތަރައްޤީ ކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާ ޕިކްނިކް އައިލެންޑްގެ މަސައްކަތް އަލުން ފަށަން ނިންމައިފިއެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސްކޮށް ޕިކްނިކް އައިލެންޑެއް ހެދުމުގެ މި މަސައްކަތް އަލުން ފަށަން ނިންމާފައި މި ވަނީ، މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ފަހުންނެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ އިއުލާންކޮށްފައި ވަނީ 2019ވަނަ އަހަރުގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ލަސްވާތީ ސެޕްޓެމްބަރު 2021ގައި ކ. ކުޑަގިރި ފަޅުން ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކުރިއެވެ.

Advertisement
HDC — Sidebar (box)

ކްރޮސްރޯޑްސްގައި ހަދާ ޕިކްނިކް އައިލެންޑާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އާންމު ނުކުރާތާ ދެ އަހަރު ދުވަސް ފަހުން، އެތަން ތަރައްޤީ ކުރާ ތައިލެންޑުގެ އެސް.ހޮޓެލްސް އެންޑް ރިސޯޓުން ވަނީ އިއްޔެ އެ ކަމާ ބެހޭ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައިވާ ގޮތުން، އެތަން ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގައި އެސް ހޮޓެލްސްއާއި ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސޮއިކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް