Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކައުންސިލަރުން ތަމްރީނު ކުރުމަށް އެލްޖީއޭއިން ތައްޔާރުވަނީ

ކައުންސިލަރުން ތަމްރީނު ކުރުމަށް އެލްޖީއޭއިން ތައްޔާރުވަނީ

ކައުންސިލަރުން ތަމްރީނު ކުރުމަށް ގާއިމްކުރާ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސުން ތަމްރީނުތައް ފަށަން ތައްޔަރުވަމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިޠާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ކައުންސިލަރުން ތަމްރީނުކުރާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ މަރުކަޒުން ފޯރުކޮށްދޭނެ ތަމްރީނުތަކުގެ ކަރިކިއުލަމް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖެއާއި ބައިނަލްއަގްވާމީ ތަމްރީނުދޭ މަރުކަޒުތަކާ ގުޅިގެން ލާމަރުކަޒީ ނިޒާމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކުގެ ޕާފޯމަންސް މިން ކުރުމަށް އެލްޖީއޭއިން އެކުލަވައިލައިފައިވާ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކުން ކުރާ މަސައްކަތްތައް ހަލުވިކޮށް، ހިންގުން ހަރުދަނާކޮށް، ޑިޖިޓަލައިޒް ކުރުމަކީ ވެސް ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެ އޮތޯރިޓީން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް