މާލީ ހާލަތު ދަށް ފަރާތްތަކަށް މަހަލްދީބުން މި ރަމަޟާން މަހު ވެސް އެހީތެރިވަނީ

ރޯދަމަހަށް ޚާއްސަކޮށްގެން މަހަލްދީބް ފައުންޑޭޝަނުން ކުރިޔަށްގެންދާ "ގިފްޓް އަ ސްމައިލް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރެއްގައި ވެސް ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، މާލީ ޙާލަތު ތަންނުދޭ އާއިލާތަކަށް ރޯދަމަހަށް ބޭނުން ވާނެ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދިނުމަށް ޓަކައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
މިގޮތުން، މި ޕްރޮގްރާމުގެ ދަށުން މަލީ ހާލަތު ތަންނުދޭ އާއިލާތަކަށާއި، އެކަނިވެރި ބެލެނިވެރިންނަށާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޔަތީމުންނަށް، އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް މަހަލްދީބުން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޓަކައި <a href="https://url.mahaldheeb.org/giftasmile2022">މި ލިންކުގައިވާ</a> ފޯމު ފުރިހަމަކޮށްގެން ކުރިޔަށް ގެންދެވޭނެއެވެ.
"ގިފްޓް އަ ސްމައިލް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ އަންނަ މާރިޗު މަހުުގެ 2އާ ހަމައަށެވެ.
<img class="alignnone wp-image-142805 size-full" src="https://cdn.dhen.mv/wp-content/uploads/2022/02/IMG-0bb590690146a0868b4c6e138a54ac22-V.jpg" alt="" width="526" height="526" />
މި ފަހަރުގެ ގިފްޓް އަ ސްމައިލް ޕްރޮގްރާމު ވެސް، މާލޭގެ އިތުރަށް އެހެން ބައެއް ރަށްރަށުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިދިޔަ އަހަރު ވެސް މި ޕްރޮޖެކްޓް ހިންގުނު އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ނ. މާފަރު، އދ.އޮމަދޫ އަދި ނ.ކެނދިކުޅުދޫގެ އިތުރުން ކުޅުދުއްފުށި ސިޓީ، ހދ. މަކުނުދޫ، ދ.ކުޑަހުވަދޫ، ރ.ދުވާފަރު އަދި ރ.ކިނޮޅަހުގައި މި ޕްރޮގްރާމު ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިދިޔަ އަހަރު، އާންމުންގެ ބޮޑު އެހީތެރިކަމަކާއިއެކު ގިފްޓް އަ ސްމައިލް ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ 210 އާއިލާއަކަށް ނިސްބަތްވާ 1000 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެ ކަމަށް މަހަލްދީބް ފައުންޑޭޝަނުން ބުނެފައިވެއެވެ. އަދި މިފަހަރުގެ ގިފްޓް އަ ސްމައިލް ޕްރޮޖެކްޓަށް ވެސް އެހީތެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ.
[caption id="attachment_142806" align="alignnone" width="800"]<img class="wp-image-142806 size-full" src="https://cdn.dhen.mv/wp-content/uploads/2022/02/Mahaldheeb-2.jpeg" alt="" width="800" height="800" /> "ގިފްޓް އަ ސްމައިލް" ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ދީފައިވާ ބައެއް އެހީތައް[/caption]
މި ޕްރޮޖެކްޓަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކަންޓް ނަންބަރަށް ފައިސާ ހަދިޔާ ކުރައްވައިގެން ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މިގޮތުން، 1500 ރުފިޔާ ޕްރޮޖެކްޓަށް ހަދިޔާ ކުރައްވައިގެން އެއް އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް މަހަލްދީބުން ވަނީ ހުޅުވައިލައިފައެވެ.
ބީއެމްއެލް އިސްލާމިކް: 7770000053089 (މަހަލްދީބް ފައުންޑޭޝަން)
އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މަހަލްދީބުގެ ފޯން ނަމްބރު 9850133އަށް ގުޅުއްވުމަށް ވެސް އެ ޖަމްއިއްޔާއިން އެދެއެވެ.






ކޮމެންޓް