Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭ ކުރެދިމާ ހިނގުމުން ސައިކަލެއްގައި ދުއްވައިފައި ދިޔަ މީހަކު ވެއްޓި އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:25 ހައިއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަނިޔާވެފައި ވަނީ އަންހެނަކަށް ކަމަށާއި އެ މީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވައިފައިވެއެވެ. އެނގިފައިވާ ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު، އޭނާ ހޭ ވެސް ނެތެވެ.

Advertisement
Allied Insurance — Square (box)

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މި އެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު، އޭގެން ފެންނަ ގޮތުގައި އަންހެން މީހާގެ ބޮލުން ގިނަ އަދަދަކަށް ލޭފައިބައިފައި ހުއްޓެވެ.

މަންޒަރު ދުށް މީހުން ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވައިފައި އަންނަނިކޮށް ބަންޕަރެއް މައްޗަށް އެރިތަނާ ކަހައިލައިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް