ޚަބަރު

ނޭވާ ހޮޅީގައި ކަރަންފުލެއް ތާށިވެ، ވެންޓިލޭޓަރަށްލި ކުއްޖަކު ސަލާމަތްވެއްޖެ!

ރައުފާ ރަޝީދު ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލު/ ފޮޓޯ: ދެން އިމޭޖްސް

ނޭވާ ހޮޅީގައި ކަރަންފުލެއް ތާށިވެ، ސީރިއަސް ހާލަތަކަށް ދިޔަ ދެ އަހަރުނުވާ ކުއްޖަކު ނުރައްކަލުން ސަލާމަތްވެ ރަނގަޅުވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. މުހައްމަދު މިއަދު ވިދާޅުވީ ކަރަންފުލަކީ ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދެވޭ އެއްޗެއް ކަމަށާއި އާންމުކޮށް ވަރަށް ފަސޭހައިން ކުޑަކުއްޖަކު އަމިއްލައަށް ތަނަކުން ނަގައިގެން ވެސް އަނގަޔަށް ލައިފާނެ އެއްޗެއް ކަމަށެވެ.

ޑރ. ވިދާޅުވީ އެ ކުއްޖާ ކެއި ކަރަންފޫ ދިޔައީ ނޭވާލާ ހޮޅި ތެރެއަށް ކަމަށާއި ކަރަންފޫ ނެގުނީ ވަރަށް އުނދަގުލުން ކަމަށެވެ. އަދި އެ ކުއްޖާ ވެންޓިލޭޓަރަށް ވެސް ލާންޖެހުނު ކަމަށް ޑރ. ވިދާޅުވިއެވެ. ނަމަަވެސް މިހާރު ފަރުވާއަށް ފަހު އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށް ޑރ. މުޙައްމަދު ވިދާޅުވިއެވެ.

ޑރ. އިތުރަށް ވިދާޅުވީ ކަރަންފޫ ކަހަލަ އެއްޗިއްސަކީ އެއަށް ފެން ދަމާ އެއްޗިހި ކަމަށާއި އެ ކުއްޖާ ކެއި ކަރަންފޫ އޮތީ ފެންދަމާ ފުފިފަކަމަށެވެ. އަދި ކަރަންފޫ ތާށިވީ ވާތް ފަރާތު ނޭވާލާ ހޮޅީގައި ކަމަށް ޑރ. މުޙައްމަދު ވިދާޅުވިއެވެ.

މި ހާދިސާ ހިއްސާކުރައްވަމުން ޑރ. މުޙައްމަދު ވަނީ ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗިހި ނުދިނުމަށާއި ކާ އެއްޗިހި އަނގަޔަށް ލައިގެން، ހީ، ސަކަރާތް ޖަހާ، ދުވެ އުޅުނަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!