Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އީމާގެ އެލަވަންސް އާއިލާއަށް ދިނުމަށް ދެންނެވުމަށް ފާސްކޮށްފި

އީމާގެ އެލަވަންސް އާއިލާއަށް ދިނުމަށް ދެންނެވުމަށް ފާސްކޮށްފި

ހުޅުމާލޭގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ބޮލަށް ލިބުނު އަނިޔާތަކަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން (އީމާ)ގެ އާއިލާއަށް، އީމާންގެ ދައުރު ހަމަވަންދެން ކޮންމެ މަހަކު 5000ރ.ގެ އެލަވަންސެއް ދޭން ހުށަހަޅަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

އީމާ އެކްސިޑެންޓުވީ ހުޅުމާލޭ ކުރެދިމާ ގޯޅިން ސައިކަލެއްގައި ދުއްވައިފައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރި ތަނުން ކައްސާލައިގެން ގޮސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދިނެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި އީމާ ނިޔާވީ ވެންޓިލޭޓަރަށް ލައިފައި ވަނިކޮށް ހޭ ނާރައި އޮވެއެވެ.

އީމާ ނިޔާވި އިރު އޭނާގެ ހަ އަހަރުގެ ފިރިހެން ދަރިއަކާއި ހަތް އަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.

Advertisement
Allied Insurance — Square (box)

ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ކުއްލި ގޮތަކަށް އީމާ ނިޔާވުމުން، އޭނާގެ އާއިލާއަށް އެލަވަންސް ދޭން މިއަދު ސިޓީ ކައުންސިލުގައި ބޭއްވި ޖަލްސާގައި ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކޮންމެ މަހަކު ވެސް 5000ރ.ގެ އެލަވަންސެން މިހާރު ދެއެވެ.

އެ ޖަލްސާގައި މިއަދު ފާސް ކުރީ، ކައުންސިލަރުންގެ ދައުރު ނިމެންދެން، ކޮންމެ މަހަކު ވެސް އީމާންގެ އެލަވަންސް އޭނާގެ އާއިލާއަށް ދިނުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް