ޚަބަރު

ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުގައި ދިއްދޫގެ 75 ހައުސިން ޔުނިޓްގެ މަސައްކަތަށް ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 380،000 ރުފިޔާ ހުށައަޅަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ވެސް ވަނީ 7 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫޢުއެއް އިއުލާންކޮށް، ޢަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވައިލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށްޓާއި، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ޅ. ހިންނަވަރު، ލ. ގަމު އަދި ގއ. ވިލިނގިއްޔެވެ.

ކުޅުދުއްފުށި ސިޓީގައި އެޅުމަށް ހަމަޖެހިފައި ވަނީ 400 ހައުސިން ޔުނިޓެވެ. ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިން ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިން ޔުނިޓެވެ. މީގެ އިތުރުން ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓު އިމާރާތްކުރަން ހަމަޖެހިފައިވާ އިރު މަނަދޫގައި އަޅަނީ 40 ހައުސިން ޔުނިޓެވެ.

މި ވަގުތު ވެސް އަތޮޅުތަކުގެ 6 ރަށެއްގައި ފްލެޓާއި ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!