Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުކުޅު ބިސް މިއަދު މި ވަނީ ގައުމުގެ މިނިވަންކަމާ ގުޅިފައި: ޝިޔާމް

ކުކުޅު ބިސް މިއަދު މި ވަނީ ގައުމުގެ މިނިވަންކަމާ ގުޅިފައި: ޝިޔާމް
ކުކުޅު ބިސް މިއަދު މި ވަނީ ގައުމުގެ މިނިވަންކަމާ ގުޅިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އައްޑޫ ސިޓީގައި ކުކުޅު ފާމެއް ތަރައްގީކޮށް، ދިރޭ ކުކުޅު ވިއްކަން ފެށުމާ ގުޅިގެން، އެކަމަށް ޝުކުރު ދަންނަވައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުކުޅު ބިހަކީ މުހިންމު އެއްޗަކަށް ވެފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ދިފާއީ ވަޒީރު، މާރިޔާ އަޙްމަދު ދީދީ ވިދާޅުވާ ގޮތުން، ރާއްޖެ އެތެރެ ކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެ ކުރަނީ އަވަށްޓެރި އިންޑިއާއިން ކަމަށާއި، މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ ސަބަބެއް ކަމަށް އެކަމަނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އިންޑިއާ އައުޓް" ނަމުގައި ހިންގާ ކެމްޕޭނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިފާއީ ވުޒާރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައި ވެއެވެ. އެ ބައްދަލުވުމުގައި ދިފާއީ ވަޒީރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ގިނަ ބާވަތްތަކުގެ ބޮޑު އިންސައްތައެއް އެތެރެކުރަނީ އިންޑިއާއިން ކަމަށެވެ.
"ރައްޔިތުންނަކީ ވިސްނޭ ބައެއް. ރައްޔިތުންނަށް އެނގޭ އެހެން އެކަހެރިވެގެން އުޅުނީމަވާ ގެއްލުން ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހުން ދެބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސްތަކެއް. %90 ހަނޑޫ ގާތްގަނޑަކަށް, އެއީ އިންޑިއާއިން އެތެރެކުރާ ހަނޑޫ. 88 ޕަސެންޓް, 99 ޕަސެންޓް ފިޔާ ވެސް މި ގެންނަނީ އެތަނުން. އަލުވި އެބަހުރޭ." މާރިޔާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް