ބޮޑު ދެ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ އަރީޝާ ނިޔާވެއްޖެ
ބޮޑު ދެ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ އަރީޝާ އަބްދުﷲގެ ހާލު ދެރަވެ ނިޔާވެއްޖެއެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ ދެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 23 އަހަރުގެ އަރީޝާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
އެނގިފައިވާ ގޮތުގައި އަރީޝާގެ ހަށިގަނޑުގައި މި ބަލިތައް އުފެދިފައިވާކަން ދެނެގަނެވިފައި ވަނީ 2011 ވަނަ އަހަރުގައެވެ. އަދި އެ ދުވަހުން ފެށިގެން އޭނާ ގެންދިޔައީ އެ ބަލިތަކަށް ބޭސް ކަމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އަރީޝާއަށް ޖެހިފައިވާ މި ބަލިތަކުގެ ސަބަބުން އޭނާއަށް ފުރަތަމަކޮޅު މާބޮޑު ދަތިތަކެއް ކުރިމަތި ނުވި ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އޭނާގެ ހާލު ދިޔައީ ދެރަވަމުންނެވެ.
އަރީޝާގެ ހާލު ދަށް ވާން ފެށިފަހުން މި އަހަރު ކުރީކޮޅު އޭނާ ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުން އިތުރަށް ހާލު ދެރަވިއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ 24ވަނަ ދުވަހު އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދޭން ފެށިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް އަރީޝާ ނިޔާވީ އޭނާގެ ފުއްޕާމެއާއި ހިތުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހިފައި ވާތީ، އިތުރު ފަރުވާއަށް އިންޑިއާއަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
މައްޔިތާއަށް ހެޔޮރަޙުމަތްލެއްވުންއެދި ދުޢާކުރަން.
އިންސާނަކަށް ކުރިމަތިވި ހިތާމަވެރި ބައްޔަކީ ކޮންބައްޔެއްކަން، ހާމަކޮށްލުމަކި،، ދިރިތިބީންގެޙައްގުގައި ވެދެވުނު އަގުހުރި ހަދިޔާއަކަށް ނުވާނެތަ؟؟