Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުތީމު ގަނޑުވަރު އަނެއްކާ ވެސް ބަންދުކޮށްފި

އުތީމު ގަނޑުވަރު އަނެއްކާ ވެސް ބަންދުކޮށްފި

ހއ. އުތީމުގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އެ ރަށުގައި ހުންނަ އުތީމު ގަނޑުވަރު އަނެއްކާ ވެސް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އުތީމު ގަނޑުވަރު ބަންދު ކުރަން ނިންމައިފައިވާކަން ހާމަ ކުރައްވަމުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނީ، އުތީމުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުންދާތީ އެ ރަށުގެ ޓާސްކްފޯސްގެ ލަފާގެ މަތިންނާއި އެ ރަށު ކައުންސިލުން އެދިފައިވާތީ މިއަދުން ފެށިގެން ގަނޑުވަރު ބަންދުކޮށްފައިވާ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، ކޮވިޑް-19އަށް ރިއާޔަތްކޮށް އުތީމު ގަނޑުވަރު އަލުން ހުޅުވާނެ ދުވަހެއް އެ މަރުކަޒުން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އުތީމު ކައުންސިލުން ބުނީ، އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރުމުގެ ގޮތުން އެރަށަށް 6000އެއްހައި މީހުން ޒިޔާރަތް ކުރާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މި އަހަރުގެ ޖެނުއަރީ މަހުގައި ވެސް އުތީމު ގަނޑުވަރު ބަންދު ކުރިއެވެ. ނަމަވެސް އެ ހާލަތު ރަނގަޅުވުމާ ގުޅިގެން މަރުކަޒު އަލުން ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް