Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަނިޔާލިބި ، ބިދޭސީއެއް ވެއްޓިފައި އޮއްވާ ފެނިއްޖެ

އަނިޔާލިބި ، ބިދޭސީއެއް ވެއްޓިފައި އޮއްވާ ފެނިއްޖެ

އަނިޔާ ލިބި ބިދޭސީއެއް ހުޅުމާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަނިޔާތަކެއް ލިބިފައި އޮތް ބިދޭސީއެއް ހުޅުމާލޭ މަގުމަތީގައި އޮތްކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެމީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ މަގުމަތިން ފެނިފައި ވަނީ މިއަދު ހަވީރު 5:30 ހާއިރެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް