އެންޑީއޭއަށް ސީއީއޯއެއް ހޯދަނީ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯކަމުގެ މަޤާމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
އެކި ކަހަލަ މައްސަލަތައް ފެންމަތިވެފައިވާ އެންޑީއޭއަށް ސީއީއޯއަކު ހޯދަން އިއުލާނު ކޮށްފައި މިވަނީ، އެ މަގާމު ހުސްކޮށް އޮންނަތާ ނުވަ މަސް ފަހުންނެވެ.
އެންޑީއޭއަށް ސީއީއޯއަކު ހޯދަން އިއުލާނު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވަނީ މި މަހުގެ 31 ވަނަ ދުވަހުގައެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރެވޭ މި މަގާމުގައި ހުންނަވާ ބޭފުޅަކަށް މަހަކު 31،500 ރުފިޔާ ލިބޭނެއެވެ.
އެ އެޖެންސީއަށް ސީއީއޯއަކު އައްޔަން ނުކޮށް އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރުން ލަސްވީ އައު އޮނިގަނޑެއްގެ ދަށުން އެކަން ކުރަން ޖެހުމުން ކަމަށް ވެސް އެންޑީއޭއިން ބުނެފައިވެއެވެ.