މުނިފޫހިފިލުވުން

އިޒްރޭލުން ސޫރިޔާއަށް ދިން މިސައިލް ހަމަލައެއްގައި ދެ މީހަކު ޝަހީދުކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޒްރޭލުން ސޫރިޔާއަށް ދިން މިސައިލް ހަމަލައެއްގައި ދެ މީހަކު ޝަހީދުކޮށްލައިފިއެވެ.

Ads by Hajj Corporation

ސޫރިޔާގެ ދައުލަތުގެ މީޑިއާ, ސަނާއިން ބުނެފައި ވަނީ، އިސްރާއީލުން ދިން މިސައިލް ހަމަލައެއްގައި އާންމުންގެ ދެމީހަކު މަރުވެ، ވެރިރަށް ދިމިޝްގުގެ އައްސޭރިފަށުގައި ހުރި ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އިޒްލޭރުން މިހަމަލާ ދީފައި ވަނީ ހޯމަ ދުވަހުގެ ފަތިހު 5:00 ހައިއިރު ކަމަށާއި ސޫރިޔާގެ މިސައިލް ޑިފެންސުން ގިނަ ހަމަލާތަކެއް ނާކާމިޔާބުކޮށްލައިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް)އިން ބުނީ މިސައިލްތައް އަމާޒުކޮށްފައި ވަނީ ، ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އީރާނުން ވާގިވެރިވާ މިލިޓަރީތަކުން އޮޕަރޭޓްކުރާ ހަތިޔާރާއި ގޮވާތަކެތި ރައްކާކުރާ ގުދަނަކަށް ކަމަށެވެ. މި ޖަމާއަތުން ބުނީ މި ހަމަލައިގައި އާންމުން މަރުވެފައިވާ ކަމެއް ކަށަވަރު ކުރެވެން ނެތް ކަމަށެވެ.

އެސްއޯއެޗްއާރްއިން ބުނާ ގޮތުގައި އިޒްރޭލުން ވަނީ އަހަރު ފެށުނު ފަހުން މަދުވެގެން ހަތް ފަހަރެއްގެ މަތިން ސީރިއާގައި ހަމަލާތައް ދީފައެވެ.

2011ވަނަ އަހަރު ސޫރިޔާގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ އެޤައުމުގެ އެތެރޭގެ އެތައް ސަތޭކަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

އިޒްރޭލުން މިފަދަ އޮޕަރޭޝަންތަކުގެ ޒިންމާ ނަގަނީ ވަރަށް މަދު ފަހަރެއްގައެވެ. ރޭ ދިން މި ހަމަލާއާ ބެހޭ ގޮތުން އެ ގައުމުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަސްކަރިއްޔާ،  ހަނގުރާމަކުރަމުންދާ ހިޒްބުالله ފަދަ އީރާނާ ގުޅިފައިވާ އަސްކަރީ ފައުޖުތަކުގެ ބޭސްތަކަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށް އިޒްރޭލުން މީގެ ކުރިން ވަނީ އެއްބަސްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!