ޚަބަރު

ޓެކްސީ ޑްރައިވަރުންގެ އިހުސާސްތައް އަޑު އަހަންޖެހޭ: އަލީ ވަހީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕެޓްރޯލްގެ އަގު އިންތިހާއަށް އުފުލުމާ އެކު ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންދާ ޓެކްސީ ޑްރައިވަރުންގެ އިހުސާސްތައް އަޑު އަހަންޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ ވަހީދު މިފަދައިން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް 14 ޓެކްސީ ސެންޓަރަކުން ނިންމުމާ ގުޅިގެންނެވެ.

މި ނިންމުމާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއާ އެކު މައްސަލަ ހޫނުވެ، މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރަމުން އަންނަ ޑްރައިވަރުން ކަންބޮޑުވުންތަކަށް ސަރުކާރުން ސަމާލުކަން ނުދޭތީ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ރޭ ވަނީ ހަޅުތާލަށް ނިކުމެފައެވެ.

މިކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ތެލުގެ އަގު ބޮޑުވެއްޖެ ކަމަށާއި އަދީ ކުރިޔަށް އޮތް ދުވަސްތަކުގައި ދާނީ ބޮޑުވަމުން ކަމަށެވެ. އަދި ޑްރައިވަރުންނަކީ ވެސް ވަރަށް ބުރަ އަދި ބޭނުންތެރި އަބުރުވެރި މަސައްކަތެއްކުރާ ބައެއް ކަމަށާއި އެ މީހުންނަކީ ޢާއިލާތައް ބަލަހައްޓަމުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެންކަމުން އެމީހުންގެ އިހުސާސްތަކުގެ އަޑު އަހަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޑްރައިވަރުން ވަނީ ސިޓީއެއް ވެސް ފޮނުވައިފައެވެ.

Ads by HDC
  1. ޙަސަންފުޅު

    ޖިންސީ ގޯނާގެ ޝިކާރައަށްވީ އެންމެންގެ އަޑު އަދިމާބޮޑަށް އަހަންޖެހޭ.