ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 140،000އިން މައްޗަށް

ކޯވިޑް ބޫސްޓަރ ވެކްސިން ޖެހި މީހުންގެ އަދަދު 140،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،305 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 371،359 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 140،617 މީހެކެވެ.
ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.