Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑެއް ނުކުރާނެ: އެމްޑީ

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑެއް ނުކުރާނެ: އެމްޑީ
ރާއްޖޭގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ބާޒާރުގައި ދާދި ފަހުން ތެލުގެ އަގުބޮޑުވުމާ ގުޅިގެން ރާއްޖޭގައި ވެސް ވަނީ ތެލުގެ އަގުބޮޑުވެފައެވެ. އެގޮތުން ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 129 ޑޮލަރު (1،989ރ.) އަރައިފައެވެ. ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް މިންގަނޑު، ބްރެންޓުގެ އަގު ބޮޑުވިއިރު، ޑަބްލިއުޓީއައި ތެލުގެ އަގު ވެސް އެއިރު އުފުލުނެވެ. އެ ގޮތުން ޑަބްލިއުޓީއައިގެ ސާފުނުކުރާ ތެޔޮ ފީފާއެއްގައި އަގު ހުރީ 121.5 ޑޮލަރު (1،873.5ރ.)ގައެވެ. މިއަގުތަކުގެ ސަބަބުން ރާއްޖޭގައި ވެސް ތެލުގެ އަގު އުފުލިގެން ދިޔައެވެ. އެގޮތުން މިހާރު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 14.60ރ. އަށް ލިބޭއިރު ޑީސަލް ލިޓަރެއްގެ އަގަކީ 14.80 ރުފިޔާއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިމަހުގެ 10ވަނަ ދުވަހު އަނެއްކާ ވެސް ވަނީ ވެއްޓިފައެވެ. އެގޮތުން ޔޫއޭއީގެ ވޮޝިންޓަން އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލެމުން ދާތީ އޯޕެކްގެ ގައުމުތަކުން ތެޔޮ އުފައްދާ ވަރު އިތުރު ކުރުމަށް އެ ގައުމުން ތާއީދުކުރާ ކަމަށެވެ.

އެ ގައުމުގެ ބަޔާނާ އެކު، 129 ޑޮލަރަށް ލިބެން ހުރި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 112 ޑޮލަރު (1،727ރ.) އަށް ވެއްޓިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައިވީ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގުތައް އަދި ކުޑަކޮށްފައެއް ނުވެއެވެ. ތެލުގެ އަގުބޮޑުވުމާ ގުޅޭގޮތުން މިދުވަސްވަރު ނުހަނު ކަންބޮޑުވުން ފެތުރެމުން ދިޔުމާ ގުޅިގެން، ކަރަންޓު ބިލު ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ބައެއް ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. މިކަމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ. އަދި ފްލެޓް ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވައިފައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. https://twitter.com/ShareefRangondi/status/1502564530504691715?s=20&t=YdhyMvko86vHcBq_01rA1Q އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރު (އޭޕްރީލް އަދި މެއި) އަބަދު ވެސް ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާ އާންމުން ކުރެއެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި އެއީ ހޫނު ދުވަސްވަރަކަށް ވުމުން އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް