މާލޭ ރޯމަސް މާރުކޭޓުގެ ގިނަ މަސައްކަތްތަކެއް ނިންމައިފި
މާލޭ ރޯމަސް މާރުކޭޓު މަރާމާތު ކުރުމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިންމައިލައިފިއެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، މަސް މާރުކޭޓު މަރާމާތު ކުރުމުގައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވައިފައެވެ.
މާލޭ ރޯމަސް މާރުކޭޓުގައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު:
- 4ފޫޓު 8 ފޫޓުގެ 18 އަށި އެއްކޮށް ތަޅައި އަލުން ކޮންކްރީޓުކޮށް އަށި ރާނާ، އަށީގެ އެތެރޭގައި ފޯމު ޖަހާ ފައިބަރުކޮށް ޖެލްޖަހައި އަދި އަށީގެ ބޭރުގައި މުށި ޖެހުން
- 5ފޫޓު 7 ފޫޓުގެ ހަތް އަށި އެއްކޮށް ތަޅައި އަލުން ކޮންކްރީޓުކޮށް އަށި ރާނާ، އަށީގެ އެތެރޭގައި ފޯމު ޖަހާ ފައިބަރުުކޮށް ޖެލްޖަހައި އަދި އަށީގެ ބޭރުގައި މުށި ޖެހުން
- 7ފޫޓު 12 ފޫޓުގެ ތިން އަށި ހަ ބަޔަށް ބައިކޮށް، ފައިބަރުކޮށް، ޖެލް ޖެހުން
- ކުދި މަހަށް ޚާއްސަ ކޮށްފައިވާ 3 ފޫޓު 6 ފޫޓުގެ 10 އަށި އަލުން ރާނާ މުށި ޖެހުން
- ހުރިހާ އަށްޓެއްގައި ނަންބަރު ޖެހުން
- ހުރިހާ ތަނބެއް މަރާމާތުކޮށް، ފައިބަރުކޮށް ޖެލް ޖެހުން
- މާރުކޭޓުގެ މަސް ވިއްކާ ސަރަހައްދުގެ ދެބައިކުޅަ އެއްބައިގައި ކުލަލުން
- ކަރަންޓު ވަޔަރު އަލުން އަޅައި، ކުރިން ހުރި ހޮޅިބުރިތައް ނައްޓާ އަލުން 12 ލެޑް ލައިޓް ހަރުކުރުން
- މާރުކޭޓުގެ ފެންޑާގައި މުށިޖެހުން
- މުޅިން އަލަށް ހަދާ ހަތަރު އަށީގެ ތެރެއިިން ދެ އަށި ރާނާ ސިމެންތި ޖެހުން
Ads by Allied Insurance