Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދިޔަމިގިލީގައި ފިރިހެނަކަށް ހަމަލާދިން މައްސަލައެއް

ދިޔަމިގިލީގައި ފިރިހެނަކަށް ހަމަލާދިން މައްސަލައެއް

ތި.ދިޔަމިގިލީގައި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެ ރަށުގައި ފިރިހެނަކަށް ހަަމަލާ ދިން ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި، މި މައްސަލައިގައި އަނިޔާ ލިބުނު ދިވެހި ފިިރިހެންމީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރީ ވެސް ދިވެހި ފިރިހެނެއްކަން ފުލުހުން ކަށަވަރު ކޮށްދެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް