މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް!
ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ޓަކައި، އާންމުން ދިރިއުޅޭ ރަށްރަށުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކެބްލް ޑިޒީސެސް ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމާ ގުޅިގެން، މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެން ވާކަމެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި ޙާލަތްތަކުގައި މާސްކު އަޅަންވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.
- ޞިއްޙި ޚިދުމަތް ދޭ ތަންތަނުގައި (އެ ތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް)
- ކޮވިޑު-19އަށް ޕޮޒިޓިވްވާ ރޭޓް % 20އަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅައިފައިވާ ރަށްރަށުގައި
މީގެ އިތުރުން ބަލީގެ އަލާމާތް ހުންނަ ފަރާތްތަކާއި ބަލިޖެހުމުން ނުރައްކާ ވެދާނެ ފަރާތްތަކާއި މިފަދަ މީހުންނާ އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި (ގިނަ މީހުން އެއްތަންވާގޮތަށް ޚިދުމަތްދޭ ތަންތަން ހިމެނޭގޮތަށް) މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.
އާއްމު ތަންތާންގައި މާސްކް އެޅުން ނިމުމަކަށް ގެނެސްފައިވާ އިރު، ސްކޫލުތަކުގައި ވެސް މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ދެ އަހަރު ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ ވަނީ އުވާލައިފައެވެ. އެއާއެކު، އެޗްޕީއޭއިން ވަނީ ވެކްސިން ނުޖަހާ މީހުން ހިމެނޭ ގޮތަށް ލުއިތަކެއް ދީފައެވެ. އެޗްޕީއޭއިން ދީފައިވާ ލުއިތަކަކީ؛
- ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައި ވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަދަން ނުޖެހުން.
- ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް ދަތުރުކުރުމާ ގުޅިގެން ކަރަންޓީންވާން ނުޖެހުން.
- ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެން ވާކަމެއްގެ ގޮތުގައި ހަމަޖެއްސުން
ސިއްހީ ކުއްލި ނުރައްކަލުގެ އެންމެ ފުރަތަމަ އިއުލާން ކުރީ މީގެ ދެ އަހަރާއި ދެ ދުވަސް ކުރިންނެވެ. ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ އެންމެ ފުރަތަމަ ގަރާރު ނެރުއްވީ އެއިރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެންމެ ފަހުން މިދިޔަަ ފެބްރުއަރީ މަސް ތެރޭގައި އެ ހާލަތު އިތުރު ކުރެއްވީ މިހާރު ހެލްތު މިނިސްޓަރު މުހައްމަދު ނަސީމެވެ.
ދެން ﷲ ހަރާމް ކުރައްވާފައިވާ ޒިނޭ ކުރުމުންވެސް ބަރީއަވެގަތުމަށް ނަސޭހަތްތެރިވަމެވެ.