ޚަބަރު

ވެކްސިން ނުޖެހިޔަސް ރާއްޖެއަށް އައުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައި ވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ވިދާޅުވީ، މިގޮތަށް އުސޫލު ބަދަލުކޮށްފައި އޮތް ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދޭތެރޭ ޕީސީއާރު ޓެސްޓް ހެދުން އެދެވިގެންވާ ކަމަށެވެ އަދި ރާއްޖޭން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތް ހުރި ނަމަ އެންޓިޖަން ޓެސްޓް ހެދުމަށް ވަނީ ލަފާދީފައެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ދެ އަހަރު ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ ވަނީ އުވައިލައިފައެވެ. އެއާ އެކު، އެޗްޕީއޭއިން ވަނީ ވެކްސިން ނުޖަހާ މީހުން ހިމެނޭ ގޮތަށް ލުއިތަކެއް ދީފައެވެ. އެޗްޕީއޭއިން ދީފައިވާ ލުއިތަކަކީ؛

  1. ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައި ވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަދަން ނުޖެހުން.
  2. ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް ދަތުރުކުރުމާ ގުޅިގެން ކަރަންޓީން ވާން ނުޖެހުން.
  3. ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެން ވާކަމެއްގެ ގޮތުގައި ހަމަޖެއްސުން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!