Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސައުދީ ސަރުކާރުން 3،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން 3،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް 3،000 މުސްހަފް ހަދިޔާކޮށްފިއެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް އެ މުސްހަފްތައް ހަދިޔާކޮށްދެއްވީ އެކަމަށް ޓަކައި އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މުސްހަފްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މެތްރެކް އަލްދޮސާރީއެވެ. މުސްހަފްތަކާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

Advertisement
HDC — Sidebar (box)

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ސައުދީ ސަރުކާރުން ހަދިޔާކޮށްފައި ވަނީ ދެ ސައިޒެއްގެ މުސްހަފްތަކެކެވެ. އެއީ މުސްހަފްގެ އަކުރުތައް ބޮޑެތި މުސްހަފްތަކަކާއި އަކުރު ކުދި މުސްހަފްތަކެކެވެ.

މުސްހަފް ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީގެ ރިސެޕްޝަނުން މުސްހަފް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް