Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިޔަމިގިލީގެ މުދިމަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ދިޔަމިގިލީގެ މުދިމަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ތ. ދިޔަމިގިލީގެ މުދިމަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ދިޔަމިގިލީ މުދިމަކަށް ހަމަލާދީ ޒަހަމް ކޮށްލައިފައި ވަނީ އިއްޔެ ހެނދުނު 9:35ހައިއިރު އެ ރަށު ތިންކޮޅުފުށި ސަރަހައްދުގައެވެ. އެ ހަމަލާގެ ވީޑިއޯއެއް ވެސް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުދިމުގެ ބުރަކަށީގެ ހަތަރު ތަނަކަށް ވަޅި ހަރައި، ފުން ޒަހަމްތަކެއް ދީފައިވެއެވެ.

Advertisement
Allied Insurance — Square (box)

މި ހަމަލާގެ ސަބަބުން އުމުރުން 55 އަހަރުގެ އެ މުދިމުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށް ދިޔަމިގިލީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މާލެ ގެނެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސްް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން އުމުރުން 35 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހަޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް