ރަޝިއާގެ ހަމަލާއެއްގައި ޒަޚަމްވި މާބަނޑު އަންހެނަކާއި އޭނާ ވިހޭ ދަރިފުޅު މަރުވެއްޖެ
ޔޫކްރެއިންގެ ހޮސްޕިޓަލަކަށް ރަޝިއާއިން ދިން ބޮމުގެ ހަމަލާއެއްގައި ޒަހަމްވި މާބަނޑު އަންހެނަކު ދަރިފުޅާ އެކު މަރުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މަރިއުޕޯލްގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ބުދަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާގައި މާބަނޑު މީހާ ޒަޚަމްވުމުން އޭނާ ވަނީ ވަގުތުން އެހެން ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ދިން ހަމަލާގައި ތިން މީހުން މަރުވި އެވެ.
އެ އަންހެން މީހާއަށް ފަރުވާ ދިން ޓީމުން ބުނީ، ހޮސްޕިޓަލަށް ދިން ވައިގެ ހަމަލާގައި ޒަހަމްވެ، އަންހެން މީހާގެ އުނަގަނޑު ގުޑި، ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށެވެ. ތު
އެ ޓީމުން ބުނީ ސިޒޭރިއަން މެދުވެރިކޮށް ތުއްތު ކުއްޖާ ވިހެއި ނަމަވެސް ކުއްޖާ ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި 30 މިނެޓަށް ވުރެ ގިނަ އިރު ވަންދެން މައިމީހާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ވެސް ކާމިޔާބުވާގޮތް ނުވީ ކަމަށް އެމީހުން ބުންޏެވެ.
ޔޫކްރެއިން ސަރުކާރުން ވިދާޅުވެފައިވަނީ މަރިޔުޕޯލް އިން މިހާތަނަށް 2،500 އަށް ވުރެ ގިނަ އާއްމުން މަރުވެފައިވާ ކަމަށެވެ.