Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ފައްޔާޒަށް ހޯރަފުށިން ހޫނު މަރުހަބާއެއް!

ފައްޔާޒަށް ހޯރަފުށިން ހޫނު މަރުހަބާއެއް!

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕަރސަންކަމުގެ އިންތިހާބަށް ކެމްޕެއިނު ކުރުމަށް، އެ މަގާމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ހއ.ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހއ. އަދި ހދ. އަތޮޅަށް ކުރައްވާ މި ކެމްޕެއިން ދަތުރަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ފައްޔާޒުގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
HDC — Sidebar (box)

އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިހާބު މެއި މަހުގެ 14ވަނަ ދުވަހަށް މިހާރު ފަސްކުރުމާ ގުޅިގެން މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ދަނީ އަނެއްކާ ވެސް އަތޮޅުތެރޭގެ ރަށްރަށުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ހއ އަތޮޅުގައި ހަރަކާތްތެރިވަމުންދާއިރު މި އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) މިހާރު ގެންދަވަނީ ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް