Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އެމްޑީޕީން ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށް، ބާކީކޮށްލަން ޖާގަ ނުދޭނަން: އިންތި

އެމްޑީޕީން ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށް، ބާކީކޮށްލަން ޖާގަ ނުދޭނަން: އިންތި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދެއްވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިފަދައިން ވިދާޅުވީ މި އިންތިހާބުގެ ކެމްޕެއިނަށް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ގއ. ދެއްވަދުއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދު ބޭރުކޮށްލަން ނުވަތަ ބާކީކޮށްލަން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި މި ވަގުތަކީ ވަރަށް މުހިންމު، ވަރަށް ނާޒުކު ވަގުތުކޮޅެއް ކަމަށާއި އިންތިގެ ކެމްޕެއިންގައި ބައިވެރިވެ، މަސައްކަތްކޮށްދިނުމަކީ ޕާޓީއަށް ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް އިންތި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އިންތި ވިދާޅުވީ މިއަދު އިންތިހާބު ބޭވިޔަސް، މާދަމާ ބޭއްވިޔަސް ނުވަތަ އަނެއް ދުވަހު ބޭއްވިޔަސް މިއިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ގއ. އަދި ގދ.އަތޮޅަށް އިންތި ކުރައްވާ މި ކެމްޕެއިން ދަތުރުގައި މި މަހުގެ 20ވަނަ ދުވަހާ ހަމައަށް އެ އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި އިންތިގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނަވައެވެ. އިންތި ވަނީ މީގެ ކުރިން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސް ކުުރަން އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހި އޮތީ އޭޕްރީލް 16ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު އެ އިންތިހާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ ރަމަޟާން މަސް ނިމި ޝައްވާލްމަހުގެ ވެސް ފުރަތަމަ ހަތް ދުވަސް ނިމުމަށް ފަހު، މެއި މަހުގެ 14ވާ ހޮނިހިރު ދުވަހުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް