ޚަބަރު

ވިލިމާލެ ކޮމިއުނިޓީ ގާޑަންގެ ފުރިހަމަކަމަށް ޓަކައި ޝިފާގެ ތައުރީފު މުއިއްޒަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވިލިމާލެ ކޮމިއުނިޓީ ގާޑްން/ ފޮޓޯ: ޝިފާ ޓްވިޓާ

ވިލިމާލޭގައި ތަރައްޤީކޮށްފައިވާ "ކޮމިއުނިޓީ ގާޑަން"ގެ ފުރިހަމަކަމަށް ޓަކައި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތައުރީފު ކުރައްވައިފިއެވެ.

Ads by MWSC

"ވިލިމާލޭ ކޮމިއުނިޓީ ގާޑްން"ގެ ނަމުގައި ހަދައިފައިވާ އެ ބަގީޗާއަކީ މީގެ އަހަރެއްހައި ދުވަސް ކުރިން ހަދައިފައިވާ ބަގީޗާއެކެވެ. އެ ތަނުގައި މާގަސްތަކުގެ އިތުރުން އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި މާމެލާމެލީގެ ގަސްތައް ވެސް ހުރެއެވެ.

މި ބަގީޗާ ބެލެހެއްޓުމުގެ ފުރިހަމަކަން ފާހަގަ ކުރައްވައި ކުރީގެ މޭޔަރު ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލޭ ކޮމިއުނިޓީ ގާޑްން މިއަދު ފެންނަނީ ވަރަށް "ނަލަކޮށް" ކަމަށެވެ.

އާންމުންނަށް އެތަނުން ޖުމްލަ 30 ގޮޅި ދޫކޮށްފައިވެއެވެ. ގޮޅިއެއްގެ ކުއްޔަކީ މަހަކު 700 ރުފިޔާއެވެ. އެތަނުގެ ކުއްޔާ ގުޅޭ ގޮތުން ޝިފާ ވިދާޅުވީ، ކުލި ކުޑަ ކުރެވޭނީ ވެސް ކައުންސިލަށް ކަމަށެވެ.

ޝިފާ ވަނީ މި މަޝްރޫޢު ކުރިއަށް ގެންދަވާކަމަށް ޓަކައި ޑރ. މުއިއްޒަށް ޝުކުރު އަދާ ކުރައްވައިފައެވެ.

  1. ލޮކާޑް

    މިހެން ވާންޖެހޭނެ. މީ ވާދަވެރިކަމުގައި ވެސް ވާންޖެހޭނެ ގޮތަކީ، އަބަދު ޒުވާބު ކުރުމާއި ކޮންމެ ކަމެއް ގޯސް ކުރުން ދޫ ކޮށްލާފައި އެއްބައިވަންތަކަމާއެކު ކުރިޔަށް ރައްޔިތުން ގޮވައިގެން ދިއުމަށް މަސައްކަތް ކުރުމަކީ ޤައުމަށް އެންމެ ލާބަ ވާނެ ގޮތް

    • ސިފާ ވަރެއްނެތް…. ބޮައިހަލަކި