Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްޕޯޓްސް އެވޯޑް ހަފްލާއަކީ އެންމެ ޚަރަދު ކުޑަ އިވެންޓް: މަހްލޫފް

ސްޕޯޓްސް އެވޯޑް ހަފްލާއަކީ އެންމެ ޚަރަދު ކުޑަ އިވެންޓް: މަހްލޫފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބެއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022"އަކީ މިހައިތަނަށް ރާއްޖޭގައި އެންމެ ޚަރަދު ކުޑަކޮށް ބޭއްވި އެންމެ ބޮޑު އިވެންޓްކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ ސްޕޯޓްސް އެވޯޑަށް ސަރުކާރުން ކޮށްފައި މިވަނީ ބޭކާރު ޚަރަދެއް ކަމަށް ބައެއް މީހުން ބުނެ، އެ ހަފްލާއާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން ބައެއް މީހުން ބުނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި މިވާ ދަނޑިވަޅެއްގައި އަދި ބޮޑު ހަނގާރަމައެއް ފެށިގެން އޭގެ އަސަރު މުޅި ދުނިޔެއަށް ވެސް ފޯރާނެ ފަދަ ދަނޑިވަޅެއްގައި އޮތް އިރު އެ އެވޯޑު ހަފްލާއަކީ ސަރުކާރުން ކުރި ވަރަށް ބޮޑުވެގެންވާ އިސްރާފެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރ މަހްލޫފް މިއަދު ވިދާޅުވީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022"އަކީ މިހައިތަނަށް ރާއްޖޭގައި އެންމެ ހަރަދު ކުޑަކޮށް ބޭއްވި އެންމެ ބޮޑު އިވެންޓް ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިހައިތަނަށް ބޭއްވުނު ކުޅިވަރުގެ އެންމެ ބޮޑު އިވެންޓް ކަމަށާއި މި އިވެންޓާއެކު ރާއްޖެ އިތުރަށް އިޝްތިހާރު ވެގެން ދިޔަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މި އިވެންޓަށް ޚަރަދުވީ ވަރެއް މިނިސްޓަރ މަހްލޫފް ހާމަކުރައްވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް