Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ނިއުޔޯކު ދަތުރުގެ ރަސީދުތައް ދޭން ރައީސް އޮފީހުން ބޭނުމެއް ނުވި

ނިއުޔޯކު ދަތުރުގެ ރަސީދުތައް ދޭން ރައީސް އޮފީހުން ބޭނުމެއް ނުވި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންނެވި ދަތުރުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ ނިންމުން ރައީސް އޮފީން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަކަށް ނިއުޔޯކަށް ވަޑައިގެންނެވި އެ ދަތުރުގެ ތަފްސީލު ހޯދަން އެދުނީ އޮންލައިން ނޫސް ދިޔަރެސްއިންނެވެ. އެ ނޫހުން އެދުނީ ހަރަދުތަކުގެ ތަފްސީލާއި ރަސީދުތަކުގެ ކޮޕީއެއް ހޯދާށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދިޔަރެސް ނޫހުން ހުށަހެޅި އެ މައްސަލައިގައި ރައީސް އޮފީހުން ވަނީ އެ ދަތުރަށް ހިނގި ހަރަދުތައް ހާމަކޮށްފައެވެ. އެހެން ނަމަވެސް ރަސީދުތަކުގެ ކޮޕީ ދޭން ރައީސް އޮފީހުން ވަނީ އިންކާރުކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ރައީސް އޮފީހުން ބުނެފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ކުރި ދަތުރަށް ހަރަދުވީ 5.3 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ހުރުމާއި ކެއުމުގެ ހަރަދަށް 2.1 މިލިއަން ރުފިޔާއާއި ޓިކެޓު ހަރަދަށް 2.3 މިލިއަން ރުފިޔާގެ އިތުރުން ދަތުރުގެ ހަރަދަށް 577،206 ރުފިޔާއެވެ. އަދި ޕޮކެޓް މަނީއާއި އިންސިޑެންޓަލްއަށް 326،730 ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ހަރަދުތަކުގެ ތަފްސީލް ހިމެނޭ ރަސީދު ދޭން އެންގުމުން އެ ނިންމުން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ހައިކޯޓްގައި އެ މައްސަލަ އަދި ރަޖިސްޓްރީ ކޮށްފައެއް ނުވެއެވެ.

ޚަރަދުގެ ރަސީދު ނުދިނުމުން ދިޔަރެސް ނޫހުން އެ މައްސަލަ ރައީސް އޮފީހުގެ މުރާޖައާ ކޮމިޓީއަށް ވެސް ހުށަހެޅިއެވެ. އެ ކޮމިޓީން ނިންމީ އެއީ ސިއްރު މައުލޫމާތުކަމަށާއި އެހެންވެ ދޭން ނުޖެހޭނެ ކަމަށެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ބޭރު ދަތުރުތަކަށް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ އިރު ގިނަ ދަތުރުތަކުގެ ހަރަދުގެ ތަފްސީލު ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް