ޚަބަރު

މިނިސްޓަރ މަހްލޫފްގެ މައްސަލަ ކުރިއަށް ގެންދިޔުމާ މެދު މާދަމާ ގޮތެއް ނިންމަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް/ ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދިޔުމާ މެދު މާދަމާ ހައިކޯޓުން ގޮތެއް ނިންމަން ހަމަޖައްސައިފިއެވެ.

Ads by MWSC

މިނިސްޓަރ މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށް ޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެއެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ މިދިޔަ މަހު ބޭރުކޮށްލައިފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުން މި މައްސަލައިގެ ދެ އަޑުއެހުމެއް ބޭއްވުމަށް ފަހު މިހާރު އޮތީ ހުކުމާ ހިސާބުގައެވެ.އެހެންކަމުން މި މައްސަލަ ކުރިއަށް ގެންދެވޭތޯ ނުވަތަ ނޫންތޯ ހައި ކޯޓުން މާދަމާ ގޮތެއް ނިންމާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!