Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އެމްޑީފީ ކުރިއަރައިދިޔުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ހުވަދޫ: ވައްޑެ

އެމްޑީފީ ކުރިއަރައިދިޔުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ހުވަދޫ: ވައްޑެ
އެމްޑީޕީ އުފެދުމާއި ކުރިއެރުމާއި ކާމިޔާބުގެ މަތީ ، ދިރިދެމި އޮތުމުގެ އެންމެބޮޑު އެއް ހިއްސާދާރަކީ ހުވަދޫ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. ވައްޑެ މިފަދައިން ވިދާޅުވީ މި އިންތިހާބުގެ ކެމްޕެއިނަށް ހުވަދުއަތޮޅުގެ 18 ރަށަކަށް އިންތިއާއި ކެމްޕެއިން ޓީމުން ކުރެއްވެވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެ އަތޮޅުގެ ރައްޔިތުންނަށް ޝުކުރުއަދާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. ވައްޑެއަކީ އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުގެ ތަރުޖަމާނުކަން ކުރައްވާ މެމްބަރެވެ.
“އެމްޑީޕީ އުފެދުމާއި ކުރިއެރުމާއި ކާމިޔާބުގެ މަތީ ދިރިދެމި އޮތުމުގެ އެންމެބޮޑު އެއް ހިއްސާދާރަކީ ހުވަދޫ. ހުވަވަދޫ އެމްޑީޕީ މެމްބަރުން، މިޕާޓީ ދާނެހާ މަގަކުން ބެހިގެންދާން ނޭދޭ މިންވަރާއި އިންތިއަށް ކުރާ އިތުބާރު، މިދަތުރުން ފެނި އިވި ހާމަވެއްޖެ” ވައްޑެ ވިދާޅުވިއެވެ.
ހުވަދޫ އަތޮޅަށް ކުރެއްވި މި ކެމްޕެއިން ދަތުރުގައި އިންތިގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި، ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންނެވިއެވެ. އިންތި ވަނީ މީގެ ކުރިން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގެންފައެވެ. މީގެ އިތުރުން ހއ. ހދ. އަދި ށ. އަތޮޅަށް ވެސް އިންތި ވަޑައިގެންނެވިއެވެ. އިންތިއާ އެކު ދެން ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް