Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިނިސްޓަރ މަހްލޫފްގެ މައްސަލަ ބެލޭނެކަމަށް ހައިކޯޓުން ނިންމައިފި

މިނިސްޓަރ މަހްލޫފްގެ މައްސަލަ ބެލޭނެކަމަށް ހައިކޯޓުން ނިންމައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ މައްސަލަ ބެލޭނެ ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށް ޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެއެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ މިދިޔަ މަހު ބޭރުކޮށްލައިފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މިއަދު އެ މައްސަލައިގެ ހުކުމް އިއްވަމުން ހައިކޯޓުން ބުނެފައި ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް