ބޮލީވުޑް މުނިފޫހިފިލުވުން

ފާދިރީއަކު ސަންޖޭދަތުގެ ބޮލަށް ވެސް ސަވާރުވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރުންނަށް ބަލާއިރު، ސަންޖޭދަތު ފާހަގަވެފައި ވަނީ އެންމެ ގިނަ މައްސަލަތަކާ އަބަދުވެސް ކުރިމަތިލަމުންދާ އެކްޓަރެއްގެ ގޮތުގައެވެ.

Ads by STELCO

ކުރީގެ އެކްޓަރުން ކަމަށްވާ ނަރްގިސްއާއި ސުނިލްދަތުގެ ދޮށީ ދަރި ސަންޖޭދަތު ފިލްމީ ދާއިރާއަށް ނުކުތީ 1986 ވަނަ އަހަރު ރިލީޒްވި "ރޮކީ"އިންނެވެ. އޭގެ ފަހުން "ނާމް" ކިޔައި ފިލްމެއް ކުޅެ، އާންމުންގެ މެދުގައި މަގުބޫލުކަމާއި ކާމިޔާބީ ސަންޖޭއަށް ލިބެން ފެށިއެވެ.

ނަމަވެސް އޭނާގެ އަމިއްލަ ދިރިއުޅުމަށް ބަލާ އިރު، އޭނާއަކީ އެހައި ކާމިޔާބު މީހެއް ކަމަށް ނުބެލެވެއެވެ. ލޯބީގެ ގޮތުން ކުރިން ނާކާމިޔާބީއާ ކުރިމަތިވުމުގެ އިތުރުން، ޓެރިރިސްޓެއްކަމުގެ ބޮޑު ތުހުމަތު ވެސް އޭނާގެ ބޮލުގައި އެޅުނެވެ.

ކުރީގެ ދިރިއުޅުމާ ބެހޭ ގޮތުން ދާދި ފަހުން ސަންޖޭދަތު ވަނީ ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން "ކޮފީ ވިތު ކަރަން"ގައި ޕްރޮގްރާމްގައި ސަންޖޭ ބުނީ، އޭނާގެ ދިރިއުޅުމުގައި މައްސަލަތައް ގިނަ ކަމުން އެއީ ކީއްވެގެންތޯ ބަލަން ސަންޖޭގެ ބައްޕަ ފާދިރީއެއް ކައިރިއަށް އޭނާ ގެންދިޔަ ކަމަށެވެ.

ސަންޖޭ ބުނީ، އެ ފާދިރީ އޭނަގެ ބައްޕަގެ ނަމަކަށް ބުނީ ބަލްރާޖްދަތު ކަމަށާއި މަންމަގެ ނަމަކަށް ބުނީ ފާތިމާ ހުސެއިން ކަމަށެވެ. މައިންބަފައިންނަށް ކިޔަނީ އެ ނަންތައް ނޫންކަމަށް ބުނުމުން، އެ ފާދިރީ ބުނީ އެއީ މީގެ ކުރީގެ ދިރިއުޅުމުގައި ސަންޖޭދަތުގެ މައިންބަފައިން ކަމަށް ވެސް ސަންޖޭ ދަތު ކިޔައިދިނެވެ.

އެގޮތުން ސަންޖޭދަތަކީ ކުރީގެ ރަސްކަލެއް ކަމާއި، ކުރިން ވަރަށް ގިނަ މީހުންނާ ހަނގުރާމަކޮށް މީހުން މެރި ކަމަށް ވެސް ފާދިރީކަލޭގެ ކިޔައިދީފައި ވެއެވެ. މީގެ އިތުރުން ސަންޖޭގެ އަންހެނުން އޭނާގެ ވަޒީރަކާ އެކު ލޯބީގެ ގުޅުން ބާއްވައިގެން އުޅޭކަން އެނގުމުން އަނބިމީހާއާ އެ ވަޒީރު ވެސް މަރައިލި ކަމަށް ބުންޏެވެ. އަދި ސަންޖޭދަތުގެ މިހާރުގެ ދިރިއުޅުމުގައި އެހައި މައްސަލަ ގިނައީ ކުރިން އެހައި ގިނަ މީހުން މެރީތީ ކަމަށް ވެސް ސަންޖޭ ބުންޏެވެ.

ސަންޖޭ ބުނީ ފާދިރީއަކަސް، ކުރީގެ ދިރިއުޅުމޭ ކިޔާފައި ދެއްކި ވާހަކަ އެއްވެސް ވަރަކަށް ޤަބޫލު ނުކުރާ ކަމަށާއި އެފަދައިން ބޮލަށް ވަސްވާސް ނުދޭން ވެސް ފާދިރީ ގާތު އެދުނު ކަމަށެވެ.

Ads by Allied Insurance
  1. އައި

    މިސްކިތް ތަޅާލާ ފައްޅި އަޅަން އުޅުނު ބީތާ އެކޭ ލިޔެ ބަލަ