އެމްޑީޕީ ފިތުނަކުރަން ނޫޅުމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އޭނާގެ ވާދަވެރިންނަށް ގޮވައިލައްވައިފިއެވެ.
ރޭ ނ.ކެނދިކުޅުދޫގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ އިންތިއާއި އިންތިގެ ކެމްޕެއިން ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންތިގެ ކެމްޕޭނު ޓީމުގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އަަށް އަމާޒުކޮށް ފައްޔާޒު ވިދާޅުވީ ވައްޑެ ދައްކަވަމުން ގެންދަވަނީ ވަރަށް ދަށު ދަރަޖައިގެ، “ޕީޕީއެމް ވައްތަރުގެ” ވާހަކަތަކެއް ކަމަށެވެ.
އަދި އެމްޑީޕީ ޕާޓީ ފިތުނަ ކުރަން ނޫޅުއްވާ ރީތި ކެމްޕޭނަކާ އެކު ކުރިއަށް ދިޔުމަށާއި، ރައްޔިތުންނާ ހިސާބަށް ކުރަންހުރި ކަންކަމުގެ ވާހަކަ ދައްކަވައިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރެއްވުމަށް ފައްޔާޒު ވިދާޅުވިއެވެ.
“ސްޕޯކްޕާސަންއަކަށް ހުންނެވި ވައްޑެ ދައްކަވަނީ ވަރަށް ވަރަށް ވަރަށް ދަށު ދަރަޖައިގެ ވަރަށް ހަޑި، ޗީޑި ޕީޕީއެމް ވައްތަރުގެ ވާހަކަތަކެއް. އިތުރު ވާހަކައެއް އެކަމަށް ނުދައްކާ އަޅުގަނޑު އިލްތިމާސްކުރަން އެ ކަންކަން މިވަގުތުން މިވަގުތަށް ހުއްޓައިލާން. ހުއްޓައިލައްވައިފައި މި ޕާޓީ ފިތުނަ ކުރަން ނޫޅުއްވާ ރީތި ކެމްޕޭނަކާ އެކު ކުރިއަށް ގެންގޮސް، ރައްޔިތުންނާ ހިސާބަށް ކުރަންހުރި ކަންކަމުގެ ވާހަކަ ދައްކަވައިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރެއްވުން." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ އިންތިއާއި އިންތިގެ ޓީމަކީ މިދިޔަ 16 އަހަރު އެމްޑީޕީގެ އާންމު މެމްބަރުންނަށް ޚިދުމަތް ކުރަން ލިބި އެކަން ނުކޮށްދެވުނު ބައެއްކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕަށް އަނެއްކާ ވެސް ހަމަ އެބޭފުޅުން އިސްކޮށްގެން އެމްޑީޕީއަށް އަންނާނެ އިތުރު ބަދަލެއް ނުފެންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގައި، ފައްޔާޒާއި އިންތިގެ ޓީމުން ވެސް އަތޮޅު ތެރޭގައި ދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.
ފައްޔާޒައްތިހުރެވެނީ ޑީއާރުޕީ ޓީމުގައި
ހަދިވާހަކަބާާ ގޯހީީ ހަދިއަމަލައްވުރެ