ޚަބަރު

އަލީ ޒާހިރުގެ އެކައުންޓުން ބޭއަދަބީ ޓްވީޓެއް، ވިދާޅުވީ އެކަން ކުރީ އޭނާ ނޫންކަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިއަދުގެ ބައްދަލުވުމުގައި އަލީ ޒާހިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މިއަދު ބޭއަދަބީ ޓްވީޓެއްކޮށްފައި ވަނީ ޢަލީ ޒާހިރު ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ބޭއަދަބީ ބަހުރުވައިން ރައްދުދީފައި ވަނީ އެމްޑީޕީގެ އިސް އެއް އެކްޓިވިސްޓު ކަމަށްވާ ޝައްމޫން ޖަލީލު (ލޫކަސް ޖަލީލު) ކޮށްފައިވާ ޓްވީޓަކަށެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ފާޑު ކިޔަމުނުް ލޫކަސްގެ ޓްވީޓުގައި ބުނެފައި ވަނީ "ކޮންކަމެއް ނުވެގެންބާ އެ އުޅެނީ؟ ވަޒީރުކަމުގައި ވެސް ހުރީ އެމްޑީޕީ ލީޑަޝިޕުން މަސައްކަތްތަކެއް ކޮށް، އިންތިހާބުތަކެއް ކާމިޔާބުކުރީމަ ނޫންތޯ؟ ސޯޅަ އަހަރު ޕާޓީ ނުހިނގައޭ ބުނާ އިރު، އެމްޑީޕީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެ، ގިނަ އިންތިހާބުތަކެއް ނެގީ، ނަގަމުންދަނީ ނުހިނގާތީ،" ކަމަށެވެ.

"ތިޔަ ބުނާ ވަޒީރު ވެސް އެ ކަމުގައި އުޅެގެންނޭ. ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތް އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ؟ ރައީސް އިބޫ ވާ ކެތްގަދަ. މިކަހަލަ **** ވެސް ލައިގެން ވިއްޔާ އަދިވެސް އެ އިންނަވަނީ،" ލޫކަސްގެ ޓްވީޓަށް ރައްދު ދެއްވަމުން އަލީ ޒާހިރުގެ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މި ޓްވީޓާ އެކު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަލީ ޒާހިރަށް އަމާޒުވެެގެން ގޮސްފައިވެއެވެ.

މިކަމާ ގުޅިގެން އަލީ ޒާހިރު މިއަދު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ޓްވިޓާ އެކައުންޓުން ކޮންމެ ވެސް މީހަކު އެހެން ޓްވީޓުތަކެއް ވެސް މިއަދު ކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށެވެ.

އަދި މިއީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕަރސަންކަމުގެ އިންތިހާބުގައި އޭނާގެ އަތެއް ވާކަން ދެއްކުމުގެ ގޮތުން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

  1. ދަރާޭ

    ތިކަލޭގެ ނަހަދާާނެ ތެދެއް

  2. مريم

    އަލީޒާހިރުނުބުނާނެއެކޭނުބުނެވޭނ މޑޕމީހުންތިމަންނަމެންކައިރިޔަށްކކޔަވަންއަންނާށޭބުނީވެސްހަމަތިއަލީޒާހިރު

  3. ދަރާ

    ކޮނތާކު ހުސްދޮގު.