Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ނަޝީދު މަރައިލަން ބޮންގޮއްވީ ސަރުކާރުންނޭ ވެސް ބުނެފާނެ: ރީކޯ މޫސަ

ރައީސް ނަޝީދު މަރައިލަން ބޮންގޮއްވީ ސަރުކާރުންނޭ ވެސް ބުނެފާނެ: ރީކޯ މޫސަ

ރައީސް ނަޝީދު މަރައިލަން ބޮން ގޮއްވީ ސަރުކާރުން ރާވައިގެންނޭ ވެސް ބުނެފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި ވަނީ އެެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވަން އޮތް އިންތިޚާބުގެ ކެމްޕޭނަށް އިޝާރަތް ކުރައްވައެވެ.

ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމަށް އިޝާރަތް ކުރައްވާ މޫސަ ވިދާޅުވީ “މިދާވަރުން ދަންޏާ ރައީސް ނަޝީދު ހިންގާ އިންތި ކެމްޕެއިނު ކުދިން ދެން ބުނާނީ ރައީސް ނަޝީދު މަރައިލާން ބޮންގޮއްވީ ވެސް ސީދާ ސަރުކާރުން ރާވައިގެން ކަމަށް، މިހާރު ވެސް ފާޑަކަށް އެ އަޑުހުރޭ” މޫސަ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އަންނަ މެއި މަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ވަނީ ބައިބައިވުން އުފެދިފައެވެ. ކެމްޕޭނުގައި ދެ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ދަނީ ދެމުންނެވެ.

ސަރުކާރު ހިންގާ މައި ކޯލިޝަން އެމްޑީޕީ ޗެއާޕާސަންގެ މި އިންތިހާބު ގިނަ ބަޔަކު ސިފަކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް