ޚަބަރު

ދަރުބާރުގޭގައި ހިންގާ ކޮވިޑްގެ މައި މަރުކަޒު ބަންދުކުރަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޯވިޑް-19ގެ ބަލި ރާއްޖެއިން ފެނުމާއި ގުޅިގެން ދަރުބާރުގޭގައި ހިންގަމުންދިޔަ ކޯވިޑް މައިމަރުކަޒުގެ މަސައްކަތައް ހުއްޓާލުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މާދަމާއިން ފެށިގެން އެ ސެންޓަރުން ކުރަމުން ދިޔް މަސައްކަތްތައް ހުއްޓައިލަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ދަނީ ރަނގަޅުވަމުންނެވެ. މިއާއެކު އެޗްޕީއޭއިން ވަނީ ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދީފައެވެ. މީގެ އިތުުރުން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު 2 އަހަރަށްފަހު މިމަހުގެ 13 ވަނަ ދުވަހު ވަނީ އުވާއިލާފައެވެ.

ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ޓަކައި، އާންމުން ދިރިއުޅޭ ރަށްރަށުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!