Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފައްޔާޒަށް ކުޑަރިކިލިން ހޫނު މަރުހަބާއެއް!

ފައްޔާޒަށް ކުޑަރިކިލިން ހޫނު މަރުހަބާއެއް!

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕަރސަންކަމުގެ އިންތިހާބަށް ކެމްޕެއިނު ކުރުމަށް، އެ މަގާމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ބ. ކުޑަރިކިއްޔަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މި ދަތުރުގައި ފައްޔާޒުގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިހާބު މެއި މަހުގެ 14ވަނަ ދުވަހަށް މިހާރު ފަސްކުރުމާ ގުޅިގެން މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ދަނީ އަނެއްކާ ވެސް އަތޮޅުތެރޭގެ ރަށްރަށުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

Advertisement
Allied — Dhen Online (box)

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ބ އަތޮޅުގައި ހަރަކާތްތެރިވަމުންދާއިރު މި އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) އެންމެ ފަހުން ކެމްޕެއިންގައި ހަރަކާތްތެރިވެފައި ވަނީ ހުވަދޫ އަތޮޅުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް