Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

“އިންތިއަށް ދޭ ވޯޓަކީ އިންސާފާ ދެކޮޅަށް ދޭ ވޯޓެއް”

“އިންތިއަށް ދޭ ވޯޓަކީ އިންސާފާ ދެކޮޅަށް ދޭ ވޯޓެއް”

ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ދޭ ވޯޓަކީ އިންސާފާ ދެކޮޅަށް ދޭ ވޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި ވަނީ އެެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވަން އޮތް އިންތިޚާބުގެ ކެމްޕޭނަށް އިޝާރަތް ކުރައްވައެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ބާރު އެމްޑީޕީގައި އިތުރަށް ދަމަހައްޓަން އިންތިއަށް ދޭވޯޓަކީ އިންސާފުގެ ދަތުރު ކަމަށާއި
‏18އަހަރުންމަތީގެ ޒުވާނުންނަށް ހޯދައިދިން ވޯޓުލުމުގެ ޙައްޤާ،
‏ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، ދެދައުރަށްވުރެ ގިނައިން ވެރިކަމުގާ ދެމިނުހުރެވޭނެ ކަމަށް ކުރިވަކާލާތާ، ދެކޮޅަށް ދެވޭ ވޯޓެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި އެމްޑީޕީ އުފެދުނު އެއްމެ ބޮޑު އެއް މަޤްސަދަކީ ޢާއިލީ ވެރިކަމާ ބާރު ރައްޔަތުންގެ މައްޗަށް ފޯރާނެ ހުރިހާ ސިޔާސީ ބާރުވެރި ކަންކަމުން އެފަދަ ޢާއިލާތަށް ދުރުކުރުން ކަމަށެވެ.

‏”އެހެންވީއިރު ރައީސް ނަޝީދުގެ ޢާއިލާ އަލުން އެފަދަ ބާރެއްގާ ފައިވިއްދާފާ ތިބުމާ ދެކޮޅަށް ތެދުވަން ޖެހޭ” މޫސަ ވިދާޅުވިއެވެ.

އަންނަ މެއި މަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ވަނީ ބައިބައިވުން އުފެދިފައެވެ. ކެމްޕޭނުގައި ދެ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ދަނީ ދެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް