Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

"ޤަޟާއީ އަހަރު 2022" ރައީސް ޞާލިޙް އިފްތިތާހް ކޮށްދެއްވައިފި

"ޤަޟާއީ އަހަރު 2022" ރައީސް ޞާލިޙް އިފްތިތާހް ކޮށްދެއްވައިފި

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "ޤަޟާއީ އަހަރު" މިއަހަރަށް އިފްތިތާޙު ކޮށްފިއެވެ.

މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި "ޤަޟާއީ އަހަރު 2022" އިފްތިތާހްކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ. މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ 2021ވަނަ އަހަރުގެ މަސައްކަތްތައް އަދި 2022ވަނަ އަހަރުގެ ލަނޑުދަނޑިތައް ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް ވަނީ ދައްކައިފައެވެ.

Advertisement
HDC — Sidebar (box)

ޝަރުޢީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތަޢާރަފްކުރެވިފައިވާ ތިން އެޕްލިކޭޝަނެއް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އަދި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިޞާން ޙުސައިނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ސްޓޭޓް އޮފް ޖުޑީޝަރީ އެޑްރެސް އިއްވަވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް