Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުރެންދޫ ބައި-އިލެކްޝަން: 519 މީހުން ވޯޓްލައިފި

ކުރެންދޫ ބައި-އިލެކްޝަން: 519 މީހުން ވޯޓްލައިފި

ޅ.ކުރެންދޫ ކައުންސިލަށް ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި މިހައިތަނަށް 519 މީހަކު ވޯޓު ލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ)ން ބުނީ، މިއަދު 11 ޖެހުމާ ހަމައަށް 519 މީހަކު ވޯޓުލައިފައިވާ ކަމަށެވެ. އެއީ 289 ފިރިހެނުންނާ 230 އަންހެނުންނެވެ. މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފެށިއިރު، 3:00އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.

މި ބައި-އިލެކްޝަނުގައި ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، 1541 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/ElectionsMv/status/1507609262591479808

ކުރެންދޫ ބައި-އިލެކްޝަނުގައި ވާދަކުރަނީ ރާއްޖޭގެ އެންމެ ވާދަވެރިކަން ބޮޑު ދެ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ.

މި ބައި-އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވަނީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމެވެ. އެމްޑީޕީން ކެނޑިޑޭޓް ނެރެފައި ވަނީ އެތެރޭގެ އިންތިޚާބަކުންނެވެ. އެ އިންތިޚާބަށް ހުޅުވައިލުމުން ކުރިމަތިލީ ވެސް ނަސީމް އެކަންޏެވެ.

މީގެ އިތުރަށް ޕީޕީއެމުން މި ދާއިރާއަށް ވާދަކުރައްވަނީ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި އިސްމާއީލް މަދީހެވެ.

ކުރެންދޫގެ އިތުރުން، ފ.ނިލަންދޫ އަދި ދ.މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ވެސް މިއަދު ކުރިއަށް އެބަދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް